ޔުނިޓީ ކަޕް ވޮލީ މުބާރާތް 2025

ކުޅިވަރާއި އެއްބައިވަންތަކަމުގެ ރޫހު އާލާކުރުމުގެ މަގުސަދުގައި ޔުނިޓީ ކަޕް ވޮލީބޯޅަ މުބާރާތް 2025 އޮގަސްޓު 20ވަނަ ދުވަހު ށ.ފުނަދޫގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތަކީ ޔުނިޓީ ސްޕޯޓްސް އެކަޑަމީއިން އިންތިޒާމުކުރާ މުބާރާތެކެވެ. 2024ވަނަ އަހަރުވެސް ޔުނިޓީ ކަޕް ވޮލީބޯޅަ މުބާރާތް ފުނަދޫގައި ވަރަށް ފޯރިގަދަކޮށް ކުރިއަށްގެންގޮސްފައި ވެއެވެ. މިދިޔަ އަހަރުގެ މުބާރާތުގައި، ބައިނަލްއަޤްވާމީ ކުޅުންތެރިން ވެސް ބައިވެރިވެ، ރަށު ފެންވަރުގެ މި މުބާރާތަށް އިތުރު ފޯރިއެއް ގެނެސްފައިވެއެވެ.
ޔުނިޓީ ސްޕޯޓްސް އެކަޑަމީން ދަނީ ކުޅުންތެރިންނާއި، ޓީމުތަކާއި، އަދި ވޮލީބޯޅަ ކުޅިވަރަށް ލޯބިކުރާ ހުރިހާ ފަރާތްތަކަށް ވެސް މި ފޯރިގަދަ ކުޅިވަރުގެ ހަރަކާތުގައި ބައިވެރިވުމަށް ދައުވަތު އަރުވަމުންނެވެ. މިއީ ހަމަ އެކަނި ކުޅިވަރުގެ މުބާރާތެއް ނޫންކަމާއި؛ އެކުވެރިކަމާއި، ފޯރިއާއި، ކުޅިވަރުގެ ޝައުގުވެރިކަން އިތުރުކޮށް، މުޖުތަމަޢުގެ އެއްބައިވަންތަކަން އިތުރުކޮށްދޭ ހަރަކާތެއްގެ ގޮތުގައި ޔުނިޓީ ސްޕޯޓްސް އެކެޑަމީން ފާހަގަ ކުރެއެވެ.
މުބާރާތާ ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ޔުނިޓީ ސްޕޯޓްސް އެކަޑަމީގެ ނަންބަރު 9119311 އަށް ގުޅުއްމަށް ޔުނިޓީ ސްޕޯޓްސް އެކެޑެމީން އެ އެކެޑެމީގެ ފޭސްބުކް ޕޭޖުގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ވެއެވެ.
މުބާރާތުގެ މުހިންމު ތަފްސީލުތައް:
- ތަން: ށ.ފުނަދޫ
- ފަށާ ތާރީޚް: 20 އޮގަސްޓު 2025
- ރަޖިސްޓްރޭޝަން: ބައިވެރިވުމަށް އެދޭ ޓީމުތަކަށް ވަރަށް އަވަހަށް ރަޖިސްޓްރީވުމަށް ހުޅުވާލާނެ.