ކުއީން އޮފް ދަ ޓޯނަމެންޓް؛ ނިހާ!
ހދ. ނޮޅިވަރަންފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން އިންތިޒާމުކޮށްގެން ބޭއްވި "ފުޓްސަލް ޗެލެންޖް 2025" ގެ ކުއީން އޮފް ދަ ޓޯނަމަންޓްގެ މަގާމު ށ. ފުނަދޫ، ފާތުމަތު ނިހާ ވަނީ ހޯދައިފައެވެ.
ޖޫން 27 އިން ޖުލައި 1 އަށް ކުރިއަށް ގެންދިޔަ މި މުބާރާތުގައި ޖުމްލަ 4 ޓީމު ވާދަކުރިއެވެ. މުބާރާތުގެ ފައިނަލް މެޗްގައި ނޮޅިވަރަންފަރު ކައުންސިލްގެ ޓީމާއި ޓީމް ފެނަކަ ބައްދަލުކުރިއެވެ. މި މެޗް އެއްވަރުވުމާ ގުޅިގެން ޕެނަލްޓީ ޖަހައިގެން ނޮޅިވަރަންފަރު ކައުންސިލް ޓީމް ވަނީ މޮޅުވެފައެވެ. ނިހާ ކުޅުނީ ޗެމްޕިއަން ޓީމު ކަމަށްވާ ނޮޅިވަރަންފަރު ކައުންސިލް ޓީމަށެވެ.
މުބާރާތުގައި ފާހަގަކޮށްލެވޭ މޮޅު ކުޅުމެއް ދެއްކި ނިހާ ވަނީ މުބާރާތުގެ ދެ މެޗެއްގައި ކުއީން އޮފް ދަ މެޗްގެ މަގާމު ވެސް ހޯދާފައެވެ. މިއީ ނިހާގެ ކުޅުމުގެ ފެންވަރު ދައްކުވައިދޭ ހެއްކެކެވެ.
ފުޓުބޯޅަ އާއިލާއަކަށް ނިސްބަތްވާ ނިހާއަކީ ގިނަ މުބާރާތްތަކެއްގައި ބައިވެރިވެ، މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިއެކެވެ. އަތޮޅު ތެރެއާއި އެހެން އަތޮޅުތަކުގައި ބާއްވާ މުބާރާތްތަކުގައި ވެސް އޭނާ ބައިވެރިވެ ކުޅެމުން އަންނަކަން ފާހަގަކުރެވެއެވެ.
ނިހާގެ ކުޅުން ދެން ފެނިގެންދާނީ ޖުލައި 26 ވަނަ ދުވަހު ނ. މަނަދޫގައި ފެށުމަށް ހަމަޖެހިފައިވާ "ޗެސްޓަރ ވިމެންސް ފުޓްސަލް ޓޯނަމެންޓް 2025" ގައެވެ.