ކުޅިވަރު

ށ.ފުނަދޫގައި އޮފީސްތަކުގެ ވޮލީ މުބާރާތް ފެށެނީ!

ލިޔުނީ: އައިމަން 28 Jun 2025, 08:26 PM
ށ.ފުނަދޫގައި އޮފީސްތަކުގެ ވޮލީ މުބާރާތް ފެށެނީ!

ށ.ފުނަދޫ ކައުންސިލުން އިންތިޒާމްކޮށްގެން އޮފީސްތަކުގެ މެދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޮލީ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ. މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންހެން އަދި ފިރިހެން ޑިވިޝަންގެ ގޮތުގައި ދެ ޑިވިޝަނަކަށް ބަހާލައިގެންނެވެ.

ފުނަދޫ ކައުންސިލްގެ ފޭސްބުކް ޕޭޖްގައި މިއަދު ޝާއިޢުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުން، މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް 2025 ވަނަ އަހަރުގެ ޖުލައި 1 ވަނަ ދުވަހުގެ 14:00 އާ ހަމައަށް ރަޖިސްޓަރ ކުރުމުގެ ފުރުސަތު އޮންނާނެއެވެ.

މީގެއިތުރުން، މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ލިސްޓް ހުށަހެޅުމުގެ ސުންގަޑިއަކީ 2025 ވަނަ އަހަރުގެ ޖުލައި 3 ވަނަ ދުވަހުގެ 14:00 ކަމުގައި ވެސް ކައުންސިލުން ހާމަކޮށްފައިވެއެވެ.

މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުގެ ޖުލައި 5 ވަނަ ދުވަހުއެވެ. އަދި މުޅި މުބާރާތް ކުރިއަށްދާނީ ފުނަދޫ ވޮލީ ކޯޓުގައި ކަމަށް ކައުންސިލުން މަޢުލޫމާތު ދީފައިވެއެވެ.

މި މުބާރާތަކީ ފުނަދޫގައި ހުރި އޮފީސްތަކުގެ މެދުގައި އެކުވެރިކަން އާލާކޮށް، ކުޅިވަރުގެ ރޫހު އާލާކުރުމަށް ބާއްވާ މުބާރާތެކެވެ.

ގުޅޭ ޚަބަރުތައް