ކުޅިވަރު

ޔުނިޓީ ކަޕް ވޮލީބޯޅަ މުބާރާތް 2025؛ ރަޖިސްޓްރޭޝަން ހުޅުވާލައިފި

ލިޔުނީ: އައިމަން 30 Jun 2025, 01:29 PM
ޔުނިޓީ ކަޕް ވޮލީބޯޅަ މުބާރާތް 2025؛ ރަޖިސްޓްރޭޝަން ހުޅުވާލައިފި
ގްރެފިކްސް: ޔުނިޓީ ސްޕޯޓްސް އެކެޑަމީ

ށ.ފުނަދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔުނިޓީ ކަޕް ވޮލީބޯޅަ މުބާރާތް 2025 ގައި ބައިވެރިވުމަށް ބޭނުންވާ ޓީމުތަކަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލައިފައެވެ. ރަޖިސްޓްރީވާން ބޭނުންވާ ޓީމުތަކުން ގޫގުލް ފޯމެއް މެދުވެރިކޮށް  ރަޖިސްޓްރީ ވެވޭނެކަމަށް ޔުނިޓީ ސްޕޯޓްްސް އެކެޑަމީގެ ފޭސްބުކް ޕޭޖުގައި ބުނެފައިވެއެވެ.

މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 20 ވަނަ ދުވަހުއެވެ. މިއަދު ޔުނިޓީ ސްޕޯޓްސް އެކެޑަމީގެ ފޭސްބުކް ޕޭޖުގައި ކޮށްފައިވާ ޕޯސްޓްގައި ވާގޮތުގައި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމުތަކަށް ރަޖިސްޓްރީ ކުރުމުގެ ސުންގަޑިއަކީ 2025 ވަނަ އަހަރުގެ ޖުލައި މަހުގެ 20 ވަނަ ދުވަހުގެ މެންދުރު 12:00 ގައެވެ.

ޔުނިޓީ ސްޕޯޓްސް އެކެޑަމީގެ ނަންބަރު 9119311 އަށް ގުޅުމުން މުބާރާތާ ގުޅޭ އިތުރު މަޢުލޫމާތު ލިބޭނެކަމަށް އެ އެކަޑަމީން ކޮށްފައިވާ ޕޯސްޓްގައި ވެއެވެ. މި އަހަރުގެ މުބާރާތުގައި ފާއިތުވި އަހަރުގެ މުބާރާތަށް ވުރެ ގިނަ ބައިނަލްއަގުވާމީ ކުޅުންތެރިން ބައިވެރިވާނެ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

 

ގުޅޭ ޚަބަރުތައް

ކުއީން އޮފް ދަ ޓޯނަމެންޓް؛ ނިހާ!
ލިޔުނީ: އައިމަން 3 ދުވަސް ކުރިން
ޔުނިޓީ ކަޕް ވޮލީ މުބާރާތް 2025
ލިޔުނީ: އައިމަން 10 ދުވަސް ކުރިން