ޚަބަރު

ތަންނި ފޮޓޯގްރަފީން ފުނަދޫގެ ގުޑުގުޑާ ދޫނިތަކުގެ ފަރި ހަރަކާތްތައް ދައްކައިފި

ލިޔުނީ: އައިމަން 12 Jul 2025, 09:29 PM
ތަންނި ފޮޓޯގްރަފީން ފުނަދޫގެ ގުޑުގުޑާ ދޫނިތަކުގެ ފަރި ހަރަކާތްތައް ދައްކައިފި
ފޮޓޯ: ތަންނި ފޮޓޯގްރަފީ

ށ. ފުނަދޫގެ ދަށްފަޅަށް މިއަހަރު ދެވަނަ ފަހަރަށް ޒިޔާރަތްކުރި ގުޑުގުޑާ ދޫނިތަކުގެ ހިތްގައިމު މަންޒަރުތަކެއް ތަންނި ފޮޓޯގްރަފީން ފޭސްބުކްގައި ހިއްސާކޮށްލުމާއެކު، ރާއްޖޭގެ ގިނަ ބައެއްގެ ސަމާލުކަން ވަނީ އެ މަންޒަރުތަކަށް ލިބިފައެވެ.

ފޮޓޯ: ތަންނި ފޮޓޯގްރަފީ
ފުނަދުއަށް މިއަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ގުޑުގުޑާ ދޫނިތައް ޒިޔާރަތްކޮށްފައިވަނީ ޖެނުއަރީ މަހުގައެވެ. އޭގެ ހަ މަސް ފަހުން، މި މަހުގެ ތެރޭގައި އަނެއްކާވެސް ގުޑުގުޑާ ދޫނިތަކުގެ އައިނެއް ވަނީ ފުނަދޫގެ ދަށްފަޅަށް އައިސް އެ ސަރަހައްދު ފަޅުފިލުވައިލާފައެވެ.

2021 ވަނަ އަހަރު ފުރަތަމަ ފަހަރަށް ފުނަދުއަށް ހިޖުރަކުރި ގުޑުގުޑާ ދޫނިތައް އޭރު ގާތްގަނޑަކަށް ތިން މަސް ވަންދެން ފުނަދޫގައި މަޑުކޮށްފައި ވީނަމަވެސް މިހާރު އެހާ ގިނަ ދުވަހު މަޑުނުކުރެއެވެ.

ފޮޓޯ: ތަންނި ފޮޓޯގްރަފީ

ގުޑުގުޑާ ދޫންޏަކީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދޫންޏެއް ކަމަށްވުމާއެކު، މޫސުމީގޮތުން ފެންނަ މިފަދަ ދޫނިތަކަށް ގޯނާ ނުކުރުމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން އަބަދުވެސް އިލްތިމާސްކުރަމުން ގެންދެއެވެ.

ގުޅޭ ޚަބަރުތައް