ޚަބަރު

ނަލަވެށި - ށަވިޔަނި 2025 ޕްރޮގްރާމްގެ ދަށުން ފުނަދޫގައި ބީޗް ސާފުކުރުމުގެ ހަރަކާތެއް

ލިޔުނީ: އައިމަން 13 Jul 2025, 02:19 AM
ނަލަވެށި - ށަވިޔަނި 2025 ޕްރޮގްރާމްގެ ދަށުން ފުނަދޫގައި ބީޗް ސާފުކުރުމުގެ ހަރަކާތެއް
ފޮޓޯ: ށ.ފުނަދޫ ކައުންސިލް

ށ. އަތޮޅު ކައުންސިލުން އިސްނަގައިގެން ކުރިއަށްގެންދާ ނަލަވެށި - ށަވިޔަނި 2025 ޕްރޮގްރާމްގެ ދަށުން ފުނަދޫގައި ސާފުކުރުމުގެ ހަރަކާތެއް 2025 ޖުލައި 11ވަނަ ދުވަހު ކުރިއަށް ގެންގޮސްފިއެވެ. މި ހަރަކާތަކީ ބައިނަލްއަޤްވާމީ ކަނޑުގެ ދުވަހާއި ތިމާވެށީގެ ދުވަހާ ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.

ފޮޓޯ: ށ.ފުނަދޫ ކައުންސިލް

މި ހަރަކާތް ފުރަތަމަ ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 28 ޖޫން 2025 ވަނަ ދުވަހުއެވެ. އެދުވަހު ށ. އަތޮޅުގެ މީހުން ދިރިއުޅޭ ގިނަ ރަށެއްގައި މި ހަރަކާތް ކުރިއަށްގެންދިޔަ ނަމަވެސް، މޫސުން ތަންނުދިނުމުގެ ސަބަބުން ފުނަދޫގައި އެދުވަހު މި ހަރަކާތް ކުރިއަށް ނުގެންދެވުނެވެ.

އެހެންކަމުން، 11 ޖުލައި 2025 ވަނަ ދުވަހުގެ ހެނދުނު 8:00 ގައި ފުނަދޫގައި މި ހަރަކާތް ކުރިއަށް ގެންގޮސްފައިވެއެވެ. މި ހަރަކާތުގައި ރަށުގެ އެކި ޖަމިއްޔާތަކާއި، މުވައްސަސާތަކުގެ އިތުރުން އާންމު ރައްޔިތުން ވެސް ބައިވެރިވެފައިވެއެވެ.

ސާފުކުރުމުގެ ހަރަކާތުގައި ފުނަދޫގެ ނިކަގަސް ބީޗް އަދި ދައްފަޅު ސަރަހައްދު ސާފުކޮށްފައިވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. 

ފޮޓޯ: ށ.ފުނަދޫ ކައުންސިލް
މި ހަރަކާތާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ފުނަދޫ އޮންލައިނުން ށ. އަތޮޅު ކައުންސިލަށް މެއިލްކޮށްފައިވީ ނަމަވެސް، އެ މެއިލްގެ ޖަވާބެއް ލިބިފައި ނުވުމުގެ ސަބަބުން މި ހަރަކާތާ ގުޅޭ މުހިންމު މަޢުލޫމާތު ތަކެއް ލިބިފައި ނުވެއެވެ.

ގުޅޭ ޚަބަރުތައް